Saturday, April 18, 2009


ފަހުބަސް .....
ޤުނޫތު އާއިމެދު .....
އަބޫބަކުރު އިބްރާހިމް ޢަލީ (ބަކުރުބެ)

الحمد لله رب العالمين والصلاة والسلام على محمد وعلى آله وصحبه وسلم.
އިސްލާމްދީނުގެ ފަރާތުން ދިފާޢު ކުރުމާ އަދި އެދީން ކުރިއެރުވުމަށް މަސައްކަތްކޮށް ޖިހާދުކުރުމީ ކޮންމެ އިސްލާމެއްގެ ވާޖިބެކެވެ. އެމީހެއްގެ ފެންވަރަކުންނެވެ. ކޮންމެހެން މަތީޑިގްރީއެއް ނެތަސް ޙައްޤު ބަހެއް ބުނުން ނަފީއެއް ނުކުރެއެވެ. އަދި ކިއެއްތޯއެވެ؟ އެއީ އެދެވޭ ކަމެކެވެ.
އާދެ! މިވަގުތު ރާއްޖޭގައި ނަގާކިޔާ ދީނީ އެއްމައްސަލައަކީ ފަތިސްނަމާދުގައި ފަތިސްނަމާދުގެ ބަޔަކަށް ހަދައިގެން ދާއިމީގޮތެއްގައި ޤުނޫތު ކިޔުމުގެ މައްސަލައެވެ. އެއާ ބެހޭގޮތުން "ފޮޅިތައް ފިހެވި ގުޅަތައް ތެލުލެވެމުން" އެބަދެއެވެ. ނަމަވެސް އެއިން އެއްޗެއްގައި "އިނގުރުކޮޅެއް ލައިފާނުވާތާ ލޮނުރިހަޔާ ކުޅިރިހަވެސް" ރަނގަޅަށް ދޭނަމަ ރަނގަޅެވެ.
ދަންނަވަންތޯއެވެ! ރަސޫލުﷲ ގެންނެވި އިސްލާމްދީނުގައި "ޢިބާދަތު" މިކިޔާބަޔާއި، "މުޢާމަލާތު" މިކިޔާބަޔާއި ދެބައިގެ ޤަވާޢިދު އެކަމާ ބެހޭ ޢާލިމުން ދުނިޔެއަށް ބަޔާން ކޮށްގެއްވާފައިވެއެވެ. ފިލާވަޅު ދަސްކުރި ކުއްޖަކު ހަނދާން ހުރިއްޔާ އެނގޭ ފަދައިން ޢިބާދަތު، އެބަހީ އަޅުކަން - މިކަމާ ބެހޭ ޤަވާޢިދަކީ: އަޅުކަމެއްވިއްޔާ ރަސޫލު الله صلى الله عليه وسلم ދެއްކެވި ވަރަށް އެކަލޭގެފާނުގެ އަރިހުން ޞައްޙަ ގޮތުގައި ފެންނަން އޮތްވަރަކަށް ފެންނަން އޮތް ސިފައަކަށް އުނިއިތުރުނުކޮށް އެންގެވިފަދައަކުން ކުރުމެވެ. ނާންގަވާކަމެއް، އަދި ޞައްޙަކޮށް ފެންނަން ނެތްކަމެއް ނުކުރުމެވެ. އަދި އަޅުކަމުގެ ބޭރުފުށުގެ ބައްޓަމަށްވެސް އެތެރެފުށުގެ ރޫޙަށްވެސް އުނި އިތުރުނުކޮށް ކުރުމެވެ.
އެޔާ ޚިލާފަށް މުޢާމަލާތޭ މިކިޔާ ކަންކަމުގެ ޤަވާޢިދަކީ އެކަލޭގެފާނު މަނާ ކުރައްވައި ނަހީ ކުރައްވާފައިވާ ކަންތައް ނުކޮށް ދެން އެހެން ހުރިހާ ކަމެއްވެސް ހުއްދަ ވުމެވެ. މިޘާލަކަށް ވިޔަފާރިކުރާމީހެއް ނަމަ މިނެކިރުމުގައި ލުއިކުރުން، މަކަރުހެދުންފަދަ ނަހީ ކުރައްވާފައިވާ ޙަރާމް ކަންތް ނުކޮށް ދެން މިނިވަންކަމާއެކު ވިޔަފާރިކުރަމުން ގެންދިޔުމެވެ. ފިހާރަ ދެބުރިއަށް ހަދައި އެއްބުރީގައި މަސްވިއްކައި، އަނެއްބުރީގައި ކާށިވެސް ވިއްކިދާނެއެވެ. އަދި ހައްދު ފަހަނައަޅައި ނުދާވަރަށް އަގަށްވެސް ބަދަލު ގެނެވިދާނެއެވެ. ދެން މިހެންނެވެ.
ނަމަވެސް ނަމާދުކުރުން ރޯދަހިފުން، ދެންވެސް އަޅުކަމުގެ ބާބުގައި ހަމަސީދާ، ރަސޫލު الله صلى الله عليه وسلم ގެ އަރިހުން ޘާބިތުވާ ވަރަށް، ޞައްހަކޮށް އެނގެން އޮތް މިންވަރަކަށް މެނުވީ ނުކުރެވޭނެއެވެ. އެބަހީ ކޮށްގެން ކަމަކު ނުދާނެއެވެ. އުނިއިތުރުވެސް ނުކުރެވޭނެއެވެ. އެޔާ ތަފާތުކޮށް ކުރާ އަޅުކަން ބާޠިލު ވާނެއެވެ. އެއީ މުޙައްމަދު ރަސޫލު الله صلى الله عليه وسلم ގެ ތައްގަނޑު ނެތީމައެވެ................. ނުނިމޭ

No comments:

Post a Comment