Sunday, June 7, 2009


ދެންފަހެ، ސަރުކާރުގެ އެހެނިހެން މަޝްރޫޢުތަކަކީވެސް އެއްބަސްވެވިފައިވާ ގޮތާ ތަފާތަށް ގޮސްފައިވާނަމަ އެކަމާ އިހްމާލުވީ ފަރާތުގައި މަޝްރޫޢު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަމުގެ ޒިންމާ އެޅުވޭ އުޞޫލުން އޮތްކަމެއްކަމުގައި ވާއިރު، އިސްލާމްދީނުގެ އެންމެ އިސް އަދި އެންމެ މުޤައްދަސް މަޤާމުގައިވާ ފޮތާއި މެދު ވިޔަފާރީގެ މަޝްރޫޢަކަށް ވުރެވެސް ހީނަރުކޮށް އަދި އަހައްމިއްޔަތު ކަމެއްވެސް ނެތްފަދައިން މުޢާމަލާތް ކުރެވެމުންދާކަން ފާހަގަކުރެވޭން އޮތްއިރު މިކަމުގައި ރާއްޖޭގެ ރައްޔިތުންވެސް އިޢްތިރާޟް ނުކޮށް ހަމަހިމޭނުން ތިބޭކަން ފެންނަކަމީ އެމީހުންގެ ނަޒަރުންވެސް ކީރިތި ޤުރްއާނުގެ މުހިއްމުކަމާއި ކަރާމާތް މިހާރު ފަނޑުވެގެން ގޮސްފައިވާ ކަމުގެ ޢަލާމާތެއް ކަމުގައިވެސް ބަލައިގަންނަން މަޖުބޫރުވެއެވެ. ޝައްކެއް ނެތްގޮތުގައި ޤުރްއާނުގެ އަޞްލު ނައްޞާއި މެދު މިފަދައިން ކަން ހިނގަމުން ދާއިރު އެކަން ވަރިހަމަވެފައި ތިބުމީ ކުރިއަށް އޮތް ތާނގައި ޤާނޫނުތައް އެކަށައަޅައި ހެދެމުންދާ މަޖުލީހުގައިވެސް މުޅި އިސްލާމްދީނުގެ ކުލަ ޤާނޫނުން ފޮހެލެވިގެން ދިޔަކަމުގައިވިޔަސް ދިވެހި ރައްޔިތުން އެކަމާ އަޅާލުން ބަހައްޓައި، މާކަންބޮޑުވެގެން އުޅޭނޭ ކަމެއްނޫން ކަމުގެ ވަސް ދުވަމުންދާ ކަމެއްކަމާ މެދުވެސް ހިތާމަ ކުރާ ޙާލު، އިސްލާމްދީނާއި ޚިލާފަށް ވަކާލާތުކޮށް ކީރިތި ޤުރްއާނުގައި ކަނޑައެޅިފައިވާ ޙައްދުތައް ތަންފީޛުވިޔަ ނުދިނުމަށް ވާހަކަ ދައްކައި، ޢިލްމަކާ ނުލައި ޖަދަލުކުރަމުންދާ އެންމެހާ މެންބަރުންނާއި މެދު ޕާޓީއެއް، ނުވަތަ އަމިއްލަ މެންބަރެއްގެ ފަރަޤު ކުރުމެއް ނެތި އެއުރެންގެ ފަސްފަހަތުން މިޖަމްޢިއްޔާއިން ފާރަވެރިވާނޭ ޚަބަރުވެސް މިފުރުޞަތުގައި ހަނދުމަކޮށް އަރުވަމެވެ.

އިތުރަށް ވިދާޅުވުމަށް...............

No comments:

Post a Comment