Sunday, May 17, 2009

ޚާއްޞަ ދެންނެވުމެއް!


އަޅުގަނޑާއި އަޅުގަނޑުގެ އަޚް އާދަމް ނިޝާންގެ ވަރަށް ގާތް ރަޙްމަތްތެރި އެއްގެ ގޮތުގައި އުޅެމުން އައި މީހެއް މިހާރަށް އައިސް އަޅުގަނޑުމެން ދެމީހުންނާ އޭނާ އާ ދެމެދުގައި ކުރީގައި އޮތް ގާތް ގުޅުމުގެ ނާޖާއިޒް ފައިދާ ނަގަމުން ދާކަމުގެ ޚަބަރު ވަނީ ލިބިފައެވެ. އަޅުގަނޑާއި އާދަމް ނިޝާން އަކީ މަދީނާގައި ކިޔަވަން އުޅެފައި މިވަގުތު ރާއްޖެ އައިސް ތިބި ދެމީހުންނެވެ. އެގޮތުން މި ބުނާ މީހާ މިހާތަނަށް އަޅުގަނޑުމެން ދެމީހުންގެ ރައްޓެހިންނާއި އަދި އެކިއެކި އެހެން މީސްމީހުންގެ ގާތަށް ގޮސް އަޅުގަނޑާއި އާދަމް ނިޝާންގެ ނަން ގަނެ މީނާ އަކީ އަޅުގަނޑުމެންގެ ވަރަށް ގާތް މީހެއް ކަމަށާއި މީނާއަކީވެސް އަޅުގަނޑުމެންނާ އެކީ މަދީނާއިން އައިސްއުޅޭ މީހެއް ކަމަށް ބުނެ މޮޅެތި ވާހަކަ ދައްކައިގެން 100ރ އިން ފެށިގެން ގޮސް 2000ރ އާ ހަމައަށް ބޮޑެތި ޢަދަދަށް ފައިސާ ހޯދާފައި ވެއެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މީނާ އަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެކެވެ. އަދި މީނާ ވަނީ މަސްތުވެެގެން ހުރި ޙާލުގައި އަޅުގަނޑުގެ ގެޔަަށް ވެސް އައިސްފައެވެ. އަދި މީގެ އިތުރުން މަގުމަތީގައާއި އެކިއެކި ފިނި މައިޒާންތަކުގައިވެސް މަސްތުވެގެން އެނބުރޭތަން އެތައް ބަޔަކަށް ވަނީ ފެނިފައެވެ.


ވީމާ، މިވާހަކަ އަޅުގަނޑުމެންގެ ފަރާތުން ތިޔަ އެންމެހާ އަޚުންނާއި އުޚްތުންނަށް އަންގާ އިޢުލާނުކޮށް މީނާގެ ކިބައިން ދުރުވުމަށް ނަޞޭޙަތްތެރިވަމެވެ!

2 comments:

  1. salaam.thibunaa meehekee kaakun neyngeynyaa rahkaatherivaaanee kihinei? name and address..atleast the name should be givent..i think

    ReplyDelete
  2. may 18, 2009 11:22 AM

    eynage vaaahaka thakun v fasheyhain nagai ganeveyne.

    ReplyDelete