Tuesday, February 24, 2009

މިއަދު މެންދުރު ގޭ ކުރިމަތީގައި ހުރި ފިހާރަޔަށް ރާނބާ ފަތްކޮޅެއް ލިބޭތޯ ވަނީމެވެ. އަދި ލަސްވެދާނެތީ ވަރަށް އަވަސް އަރުވާލާފައި ފިހާރައިގައި ގެންގުޅޭ ބޭރުމީހާ ކައިރިއަށް ގޮސް ރާނބާފަތް ހުރިތޯ ސުވާލު ކޮށްލީމެވެ. ނަމަވެސް އޭނާގެ ފަރާތުން ލިބޭނެ ޖަވާބަށް ދީގެން ހުރި ސަމާލުކަން ކުލިއަކަށް ގެއްލުވާލީ ތަންކޮޅެއް ދުރުގައި އިން ފިހާރަ ސޭޓާ ވާހަކަ ދައްކަން ހުރި މީހެއްގެ އާދަޔާޚިލާފް ވާކައެވެ. ކިޔަނީ ކޮން އެއްޗެއްތޯ ސާފުކޮށްލަންވެގެން ތަންކޮޅެއް ކަނުލައި އަޑުއަހާލުމުން ވަރަށް މޭކަރާގޮތް ވިއެވެ. އެމީހާ ހުރެގެން އެއްޗެހި ކިޔަނީ ސުންނަތައް އުޅޭ މީހުންނަށެވެ. "އެމީހުން އަނބިން ގައިގަ ވަރަށް ތަޅާނެ. ވަރަށްއަނިޔާވެރި ބައެއް އެއީ". އެމީހާއާ ދިމާލަށް އަހަރެންވެސް ކޮންމެވެސް އެއްޗެއް ބުނެލާނަމޭ ހިތައް އެރިއެވެ. ނަމަވެސް އިރުކޮޅަކުން "އަހަރެންވެސްޤަބޫލުކުރަން އިސްލާމްދީނަކީ އެންމެ އަނިޔާވެރިކަން ކުޑަ ދީންކަމަށް........" މިހެންވެސް ބުނެފިއެވެ. ހިތަށް އެރިއެވެ. މިމީހާ މީ ކިޔެ ނުކިޔޭވެސް ނޭނގޭ މީހެކެވެ. އެމީހާއާ ދިމާލަށް އެއްޗެއް ނުބުނެވުނުކަން ނަސީބެކެވެ. ތަންދޮރު ނުދަންނަ އަދި ކިޔޭ ނުކިޔޭ ނޭނގޭ މީހުންނާ ޒުވާބު ކޮށްގެން އަރާނެ ކުރިއެއް ނޯންނާނެއެވެ. ކީއްތޯ ކުރާނީ މިކަހަލަ ކިތައް މީހުން މިދިވެހިރާއްޖޭގަ އުޅޭނެބާވައެވެ.

No comments:

Post a Comment