Friday, February 20, 2009

ސަފުގައި ގޮނޑި ބެހެއްޓުން

އިހަކަށް ދުވަހު މިސްކިތައް ނަމާދަށް ގޮސް މިސްކިތު ދޮރާ ހަމައަށް ފޯރި ތަނާ އިމާމް މީހާ އޮތީ ރުކޫގައެވެ. އެތަން ފެނުމުން އަވަސްއަވަހަށް ބެލީ ނަމާދު ކުރަން މީހުން ހަދާފައި ހުރި އެންމެ ފަހަތު ސަފު ނޫން، ދެން އިން ސަފުގައި ނުފުރި އިން ޖާގަ ފުރާލެވޭތޯއެވެ. ނަމަވެސް ރުކޫ ނުގެއްލެނީސް އަވަހަށް އެ ސަފާ ކައިރި ވެލި ތަނާ ފެނުނީ ވަރަށް އުނދަގިވި މަންޒަރެކެވެ. އަދި ވަރަށް ރުޅިވެސް އާދެވުނެވެ. ކުރިމަތީގައި އިން މީހާ އިނީ ގޮނޑިއެއްގައި އިށީނދެގެނެވެ. ވަރަށް ހަމަޖެހިލައިގެނެވެ. ނަމަވެސް އޭނާ އިންގޮތުން އޭނާގެ ފަހަތަށް ކުޑަކުއްޖެއް ނޫނީ އެހެން އެއްވެސް މީހެއް ނަމާދަށް އެރުމަކީ ނާދިރު ކަމެކެވެ. އެމީހާ އިންގޮތުން އެނާގެ ފަހަތަށް ނަމާދަށް އެރޭނީ ހަމަ އެކަނި ފަސް ފޫޓު ހަމަނުވާ ކުޑަކުއްޖަކަށެވެ. އެހެނީ އެމީހާގެ ގޮޑި ހުރީ ފަހަރުގައި ހުންނަ މީހާއަށް ސަޖިދައިގެ އިތުރުން ރުކޫވެސް ނުކުރެވޭހާ ފަހަތުގައި. ވާނީވެސް އެހެންތާއެވެ! އެމީހާ އިނީ އެމީހާ ހުރި ސަފާ އެއްވަރަށްވިއްޔާއެވެ! އެމީހާ ހިތުން އޭނާ އެހެރީ ސަފު ކެނޑުނަނުދީ ސުފަ ގުޅުވާލައިގެންނެވެ. އެހެނަސް ފަހަތު ސަފާމެދު ވިސްނުމެއް ނެތެވެ. އޭނާގެ ފަހަތަށް އަރާނެ މީހުންނާއި އޭނާގެ ފަހަތުގައި އޮތް ސަފާ މެދު ވިސްނާލުމެއް ކޮށްފައި ހުރި ހެނެއް އެއްގޮތަކަށްވެސް ނެތެވެ.

No comments:

Post a Comment